މަސައްކަތްތައް:
ހިއުމަންރިސޯސް މެނޭޖްމަންޓް ޑިވިޜަންގެ މަސައްކަތްތަކަކީ، މި މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސް ފިޔަރ ރިޒާވް އޮފީހަށް މުވައްޒަފުން ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ އާއި އެހެނިހެން އެލަވަންސްތައް ދިނުމާއި ރެކޯޑު ބެލެހެއްޓުމާއި، މި މިނިސްޓްރީގެ ދަށުން ހިނގަމުން ގެންދާ ޕްރޮޖެކްޓް ތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، ޓޮޕް-އަޕް އުޞޫލުން ހޯދަންޖެހޭ މުވައްޒަފުން ހޯދުމާއި އެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ އާއި އެހެނިހެން އެލަންސްތައް ދިނުމާއި ރެކޯޑު ބެލެހެއްޓުމެވެ. އަދި ސިވިލް ސަރވިސް ޤާނޫނާއި ޤަވާޢިދު ތަންފީޒުކުރުމާއި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އެންމެހާ މަސައްކަތްތަކާއި މުވައްޒަފުންނަށް ބޭނުންވާ އެކިއެކި ޓްރެއިނިންގތައް ހޯދައި ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ޓްރެއިނިންގތައް ދިނުމާއި މިނޫންވެސް މުވައްޒަފުންނާއި ގުޅުންހުރި އެންމެހާ ކަންކަން ކުރުމެވެ
ވެރިޔާ: އާޠިފާ އަޙްމަދު
ވެރިޔާގެ މަސްޢުލިޔަތު: ހިއުމަން ރިސޯސް ޑިވިޜަންގެ މެންޑޭޓުގައި މަސައްކަތްތައް ތަންފީޛް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، ކުރުވުމާއި ހިންގާ ބެލެހެއްޓުން.