ޑިޕާޓްމަންޓްތައް

އިންޓަރނަލް އޮޑިޓް

  • އިޞްލާޙު ކުރެވުނު 22 އޮކްޓޯބަރ 2023

އިންޓަރނަލް އޮޑިޓް ޔުނިޓުގެ މަސައްކަތްތައް:

އިންޓަރނަލް އޮޑިޓް ޔުނިޓުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ ހިރާސްތައް (ރިސްކް) ދެނެގަނެ، އަހަރީ އޮޑިޓް ޕްލޭން ތައްޔާރުކުރުން އޮޑިޓް ހަރަކާތްތައް ކުރިއަށް ގެންދިޔުން، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓާތޯ ބެލުމާއި، މުވައްޒަފުންގެ ކަންކަން ސިވިލް ސަރވިސް ގަވާއިދާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން، ފާއިތުވި އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ މައްސަލަތައް އިޞްލާޙުކުރޭތޯ ބަލައި ފޮލޯއަޕް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރިޕޯޓުތަކަށް އަމަލުކުރާ މިންވަރު ބެލުމާއި، މާލީ ބަޔާންތައް ރިވިއުކުރުމާއި، ބަޖެޓް ޚަރަދުކުރެވެނީ ކަނޑައެޅިފައިވާ ކަންކަމަށްތޯ ބެލުން ހިމެނެއެވެ. އޮޑިޓް ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމަކީވެސް މި ޔުނިޓުގެ މަސައްކަތްތަކެވެ.

 

ވެރިޔާ: ފާތުމަތު އަޒްހަރީ

މަސްޢުލިޔަތު: އިންޓަރނަލް އޮޑިޓް ޔުނިޓުގެ މެންޑޭޓްގެ ދަށުން ޔުނިޓުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން.

ޑިޕާޓުމެންޓު ޓީމު