މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތައް
ރާއްޖޭގެ ފެހިކަން އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް.
ރަށް ގިރުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށްވުމާއެކު، މި މައްސަލައަށް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމަށް.
ވައި ތަޣައްޔަރުވުމަކީ އޭގެ ސަބަބުން ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށް އަދި ދިރިއުޅުމުގެ އެކިކަންކަމަށް އަސަރުކުރާނެކަމެއް އެހެންކަމުން، ވައި ތަޣައްތަރުވާ މިންވަރު ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ގާއިމުކުރުމަށް
މިޔަރާއި، ޑައިވްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މިޔަރުގެ ނަސްލު ދެމެހެއްޓުމަށާއި ޑައިވްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް.
ފަތުރުވެރިންނާއި އެ ސަރަހައްދުގައި އުޅޭ ދިރުންތަކުގެ ސަލާމަތަށްޓަކައި.
އަމިއްލަ ފަރާތްތަކަށް ސޯލާ ޕެނަލް ޑައުންޕޭމަންޓަކާއި ނުލައި، ދިގު މުއްދަތަކަށް ބަހާލައިގެން ދެއްކޭނެގޮތް ހަދައިދީ ގޭބިސީގެ ކަރަންޓު ބިލު ކުޑަކުރުމަށް.
ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ ލިބެމުންދާތީއާއި ރަމަޟާން މަހު ކަރަންޓު ބޭނުންކުރާ ނިސްބަތް އިތުރުވާތީ ރައްޔިތުންނަށް ލުއިދިނުމަށް.
ކުނި ކޮށި އަލަށް އަޅަންޖެހޭ ރަށްރަށުގައި އެޅައި، އަޕްގްރޭޑްކޮށް، ބޭނުންވާ ވެހިކަލް އަދި މެޝިނަރީ ފޯރުކޮށްދިނުން.
ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ނުނިމި ހުރި މަޝްރޫޢުތައް އަވަހަށް ނިންމައި ޚިދުމަތް ދިނުން.
© 2024 - ސަރުކާރުގެ ނިންމުންތަކުގެ ތަފްސީލު