ޑިޕާޓްމަންޓްގެ މަސައްކަތް:
ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓްގެ މަސައްކަތަކީ ކޮންމެ މާލީއަހަރަކަށް ކަނޑައަޅާ ބަޖެޓާއި، މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ އޮފީސްތަކުގެ ފައިސާގެ ކަންތައްތައް ބެލެހެއްޓުމާއި ކޮންމެ މީލާދީ އަހަރަކަށް ހަދަންޖެހޭ ބަޖެޓް ހެދުމާއި ލިބޭ ބަޖެޓު ޚަރަދު ކުރުމާއި ބަޖެޓާގުޅިގެން ހަދަންޖެހޭ ރިޕޯރޓްތައް ހަދައި ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި އަދި އަހަރީ މާލީ ހިސާބު ތައްޔާރުކޮށް ފޮނުވުމެވެ. އަދި މީގެ އިތުރުން، ބޭރުގެ އެހީއިން ލިބޭ ފައިސާއާއި ޓްރަސްޓް ފަންޑްގެ ޚަރަދު ބެލެހެއްޓުމާއި ތައްޔާރުކުރަން ޖެހޭ އެކި އެކި ރިޕޯޓުތައް ތައްޔާރުކުރުމެވެ. ފައިނޭންސް ޑިވިޝަން ބެހިގެންވަނީ ދެ ސެކްޝަންއަކަށެވެ: ފައިނޭންސް ސެކްޝަން އާއި އެކައުންޓްސް ސެކްޝަން އެވެ.
ވެރިޔާ: މަރިޔަމް މިންނާ
މަސްޢުލިޔަތު: މިނިސްޓްރީއަށް ކޮންމެ މާލީ އަހަރަކަށް ކަނޑައަޅާ ބަޖެޓު މަސައްކަތްތައް މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ބެލެހެއްޓުމާއި ކޮންމެ މީލާދީ އަހަރަކަށް ހަދަން ޖެހޭ ބަޖެޓު ހެދުމާއި ލިބޭ ބަޖެޓު ޚަރަދު ކުރުމާއި ކޮންމެ އަހަރެއްގެ މާލީ ހިސާބު ތައްޔާރުކުރުން