ޑިޕާޓްމަންޓްގެ މަސައްކަތް:
ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ސިޔާސަތު ކަނޑައެޅުމާއި، މިދާއިރާއަށް ބޭނުންވާ ޤާނޫނުތަކާއި، ޤަވައިދުތަކާއި، އުސޫލުތަކާއި މިންގަނޑުތައް ހެދުމާއި، ދާއިރާއާ ގުޅޭ ކަންކަމުގައި ބޭނުންވާ ފަންނީ ލަފާދިނުމާއި، ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމާއި ދާއިރާ އާއި ގުޅޭ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރަށްރަށުގައި ކުރިއަށްގެންދިއުމާއި، އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ރައްކާތެރި ދެމެހެއްޓެނިވި ގޮތެއްގައި ބޯފެން ފޯރުކޮށްދެވޭނެ ގޮތާއި އަދި ފެންވަރު ރަނގަޅު ނަރުދަމާގެ ނިޒާމުތައް ތަރައްޤީ ކުރުމުގެ މަސައްކަތާއި، ބޯފެން ރައްކާ ކުރެވޭ މިންވަރު އިތުރު ކުރުމުގެ ގޮތުން ރައްޔިތުންގެހުރި ވާރޭފެން ރައްކާކުރުމުގެ ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތްތަކުގެ އިތުރުން ރަށްރަށަށް ސާފުބޯފެން ލިބުން ދަތިވާ ހާލަތްތަކުގައި އެރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށްޓަކައި އޮނިގަނޑުގައި ހިމަނާފައިވާ ޑިޕާރޓްމަންޓެކެވެ.
ވެރިޔާ: މުޙައްމަދު މުސްޠަފާ، ޑިރެކްޓަރ ޖެނެރަލް
މަސްޢުލިޔަތު: ޑިޕާޓްމަންޓްގެ މެންޑޭޓުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން.