ޑިޕާޓްމަންޓްތައް

ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް

  • އިޞްލާޙު ކުރެވުނު 14 ޖުލައި 2016

ޑިޕާޓްމަންޓްގެ މަސައްކަތް:

މޫސުމަށް އަންނަ ބަދަލުތަކާށް ހޭނުވުމާއި ވިލުންތެރިކަން އިތުރުކުރުމާ، ޖައްވަށް ދޫކުރާ ވިހަ ގޭސް މަޑުކުރުމަށްޓަކައި ޤައުމީ ސިޔާސަތުތަކާއި މިންގަނޑުތައް އެކުލަވަލައި، އެކަމަށް ބޭނުންވާ ފަންނީ އަދި މާލީ ވަސީލަތްތައް ހޯދުމެވެ. މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ރާއްޖެއާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމަތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި ވަކާލާތުކޮށް އަޑުއުފުލައި، އެ ކަމާގުޅިގެން ރާއްޖޭއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ނުރައްކާތެރިކަން ކުޑަކުރުމަށް އެޅިދާނެ ސަލާމަތީ ފިޔަވަޅުތަކުގެ މަޝްރުޢޫތަކަށް ބޭނުންވާ މާލީ އެހީއާއި ފަންނީ އެހީ ބައިނަލްއަޤުވާމީ ފަރާތްތަކާ ގުޅިގެން ހޯދުމަށް މަސައްކަތްކުރުމެވެ. މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރު ކުޑަކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

 

ވެރިޔާ: އަމްޖަދު އަބްދުﷲ، ޑިރެކްޓަރ ޖެނެރަލް

ވެރިޔާގެ މަސްޢުލިޔަތު:  ކްލައިމެޓް ޗޭންޖެ ޑިޕާޓްމަންޓްގެ މެންޑޭޓުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން

ޑިޕާޓުމެންޓު ޓީމު